ފުވައްމުލަކު ސިޓީ އަދާލަތު ޕާޓީގެ ޖަގަހަ ރައީސް ހުޅުއްވައިދެއްވައިފި

ފަހުގެ ސިޔާސީ

ފުވައްމުލަކު ސިޓީ އަދާލަތު ޕާޓީގެ ޖަގަހަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މި ޖަގަހަ ހުޅުއްވައިދެއްވީ ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.

ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތްތައް އަދާލަތު ޕާޓީގެ ހަރުގޭގައި އިންތިޒާމުވެފައިވާ ގޮތް ބައްލަވާލައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ރަސްމިއްޔާތުގައި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. ނައުޝާދު މުހައްމަދާއި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ބައިވެވަޑައިގެންނެވިއެވެ. އަދި އެ ޕާޓީގެ ފުވައްމުލަކުގެ މެންބަރުން ވެސް ބައިވެރިވިއެވެ.

އަދާލަތު ޕާޓީގެ ޖަގަހަ ރައީސް ހުޅުއްވާދެއްވައިފައިވާއިރު ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމައި އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމިކަން ހާމަކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

ރައީސް ވަނީ އާދިއްތަ ދުވަހު އެ ސިޓީ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ވެސް ހުޅުއްވައިދެއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ