އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ށ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.
ފުވައްމުލަކުން ސިދާ ރައީސް ވަޑައިގެންނެވީ ށ. ފުނަދުއަށެވެ. ފުނަދުއަށްފަހު، މިއަދު ރަައީސް ވަޑައިގަންނަވާނީ މާއުނގޫދޫ، ޅައިމަގު ނަރުދޫ، ފީވަށް އަދި މިލަންދޫއަށެވެ.
ރިޔާސީ ކެމްޕެއިން ރައީސް ސޯލިހު ފެއްޓެވީ މިމަހުގެ 9ވަނަ ދުވަހު ށ. އަތޮޅުންނެވެ. ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ބެލުމެއް ނެތި ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.


