ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ހަނިމާދޫ އެމްޑީޕީ ޖަގަހަ ހުޅުވައި ދެއްވައިފިއެވެ.
މިޖަގަހަ ހުޅުވައިދެއްވީ މިއަދު 19:00 ގައި ހަނިމާދޫއަށް ވަޑައިގަތުމަށް ފަހުއެވެ. މިއީ މިހާރު ރައީސް އުތުރުގެ ރަށްތަކަށް ކުރައްވާ ކެންޕެއިން ދަތުރުގެ ތެރެއިން ހަނިމާދޫ ޖަގަހަ ހުޅުވަން ކުރެއްވި ދަތުރުފުޅެކެވެ.
ޖަގަހަ ހުޅުވުމަށްފަހު އާންމުރައްޔިތުންނާ އެކު ރައީސް ވަނީ ބިލެއްމީރުކޮށްލުމެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އަދާލަތު ޕާޓީގެ ރައީސް އިމުރާން އަބުދުﷲ އާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވެސް ބައިވެރި ވަޑައިގަތެވެ.
މީގެ އިތުރުން އެމްޑީޕީ އަދި ސަރުކާރު ކޯލިޝަނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން މި ހަފުލާގައި ބައިވެރި ވެފައިވެއެވެ.


