ހަނިމާދޫ 50 ޒުވާނުން އެމްޑީޕީއާ ގުޅިއްޖެއެވެ.
މިޒުވާނުން އެމްޑީޕީއާ ގުޅުނު ކަމުގެ ފޯމް ހަވާކުކުރީ މިހާރު ހަނިމާދޫގައި ކުރިއަށްދާ އުފާވެރި އަމާންރާއްޖެ ޖަލުސާގައެވެ.
މި މެންބަރުން އެމްޑީޕީއާ ގުޅި އެކަމުގެ ފޯމް ވަނީ މިރޭ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުއަށް އަރުވާފައެވެ. ފޯމުތައް ރައީސްއަށް ޒުވާނުންގެ ފަރާތުން ހަވާލުކޮށްދިނީ ސިފާން ހަސަންއެވެ.
އެ ޒުވާނުން އެމްޑީޕީއާ ގުޅުން މަގުސަދެއް ކަމުގައި ބުނީ އެ ޕާޓީގެ ޒުވާނުންގެ ގޮތްޕެއް ހަނިމާދޫގައި ގާއިމުކުރުން ކަމަށެވެ.


