ޔާމިންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީ އިން ނިންމީ ރަނގަޅަށް – ސުޕްރީމް ކޯޓް

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ދެންމެ ހުކުމްކޮށްފި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު އިއްވަވަމުން ވިދާޅުވީ، ސާބިތު ދަރަންޏަކީ ކޮބައިގަން ގާނުން އެނގޭތީވެ، ރައީސް ޔާމީން ދައްކަވަން ޖެހޭ ޖޫރިމަނާ ދައްކަވާފައި ނުވާތީ އެއީ ސާބިތު ދަރަންޏެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ރަނަގޅު ކަމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ، ޔާމީންގެ ކުށުގެ ރެކޯޑަށް ބެލުމުން، 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާކަން އެނގެން އޮތުމުން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ.ގައިވާ ގޮތުގެ މަތިން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް އީސީން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ހުސްނުއްސުއޫދު ވިދާޅުވީ އީސީގެ ނިންމުނަށް ތާއިދު ކުރައްވާ ކަމަށެވެ. ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން ވެސް ފަނޑިޔާރު ހުސްނުއް ސުއޫދުގެ ރައުޔަށް ތާއީދު ކުރެއްވި އެވެ.

އެހެންކަމުން ސްޕްރީމް ކޯޓުން ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ގަބޫލުނުކުރުމުގައި އީސީގެ ނިންމުން ރަނގަޅު ކަމަށް ނިންމާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ