ބޮއިކޮޓް ނުކުރަން ނިންމި ނިންމުން ޔާމީން ގަބޫލެއް ނުކުރި!

ފަހުގެ ސިޔާސީ

ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރަން ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ލީޑަރޝިޕަށް އެގޮތަށް އަންގަވާފައިވަނީ، އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައެވެެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ރައީސް ޔާމީންގެ ނޯޓު ލިބުމާއެކު ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެކަން ލީޑަރޝިޕަށް އެންގެވުމަށް ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވުމާއި ގުޅިގެން ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅެމުން ސުޕްރީމް ކޯޓުންވެސް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ގޮތަށް ތާއީދުކޮށް ރައީސް ޔާމީނަށް އިންތިޚާބުގައި ކުރިމަތި ނުލެވޭނެ ކަމަށް ނިންމެވުމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ދަންނަވާފައެވެ.

ޔާމީންގެ އެ އެންގެވުމާ ގުޅިގެން ލީޑަޝިޕްގައި މަޝްވަރާކުރުމަށް ފަހު، އެ ބޭފުޅުން ނިންމެވީ ދެ ޕާޓީގެ ސެނެޓުގެ ވޯޓަށް ދިއުމަށެވެ. އެ ވޯޓުން ނިމުނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ