ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓްގެ މަގާމަށް މީހަކު ހޯދަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓްގެ މަގާމަށް މީހަކު ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އިއުލާން ކޮށްފިއެވެ.

ހަނިމާދޫ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމަށް މީހަކު ހޯދަން އިއުލާން މިކުރީ އެމަގާމުގައި ކުރިން ހުރި މުޙައްމަދު ޙަނީފް، ޖޫން 23 ވަނަ ދުވަހު އަމިއްލައަށް ރިޓަޔާރ ކުރެއްވުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން މިއަދު ކުރި އިއުލާނެންގައި ބުނެފައި ވަނީ ހދ. ހަނިމާދޫ ހިމެނޭހެން 28 ކޯޓަށް އިސްމެޖިސްޓްރޭޓުން ބޭނުންވާކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 22 އޮގަސްޓް 2023 ވަނަ ދުވަހު 12:00 ގެ ކުރިން އެ ކޮމިޝަންގެ “ފަހިރެސް” ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅުމަށެވެ.

އިސް މެޖިސްޓްރޭޓްގެ އަސާސީ މުސާރައަކީ 21،000 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސް، ފޯން އެލަވަންސް، މެޑިކަލް އެލަވަންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިގެންދާނެއެވެ.

މި މަގާމަށް ގުރިމަތިލާ މީހާގެ 8 ސަރުތެއް ހަމަވާން ޖެހޭ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ. އެއީ
* މުސްލިމަކުނކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
* ބުއްދި ހަމަށް ހުރި މީހަކު ކަމުގައިވުން
* ގާނުނު އަސާސީގެ ދަށުން ނުވަތަ ގާނޫނެންގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން
* ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތް ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
* އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިސްވަތުގެ ކުށެއް ކުރިކަން ސަރީއަތަސް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
* ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހްލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަސް ހުކުމްކުރެވި އެ ހުކުމް ވެތުވެދިޔަ 7 އަހަރު ދުވަހު ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން
* އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ އަދާކުރަމުންދާ މީހެއްކަމުގައިވުން
* ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ