ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލާއި ޒުވާނުން ގުޅިގެން ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ޒުވާނުން ގުޅިގެން ފަށައިފިއެވެ.

ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ގްރާސް ޓާރފް، ސިލިކާ ސޭންޑް، ޓާރފް ހިއްޕުމަށް ބޭނުންވާ އެޑެސިވް ޓޭޕް ސަޕްލައި ކޮށްދިނުމަށް 441،001.80 (ހަތަރުލައްކަ ސާޅިސް އެއްހާސް އެއްރުފިޔާ އަށްޑިހަ ލާރި) ހަރަދުކޮށް މޯލްޑިވްސް އެޝުއަރ ސަޕްލައިއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ތަކެތި ހަނިމާދޫއަށް ގެނައީ ޖުލައި 24 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެޔަށްފަހު ކައުންސިލުން ހަނިމާދޫގެ ޒުވާނުންނަށް ގޮވާލީ ދަނޑުގެ ބައު ޓާރފް ނަގާ އައު ޓާފް އެޅުމުގެ މަސައްކަތް ކުރުމަށް ނުކުތުމަށެވެ. އެއާއެކު ޒުވާނުން އަރުވާޖަހާ ނުކުމެ މަސައްކަތުގައި ބައިވެރިވެލީ ޒުވާން ޖޯޝާ ފޯރީގައެވެ. މިއާއެކު މިހާރު ވަނީ އެތަނުގައި އަޅާފައިވާ ބައު ޓާފް ނަގައި ދަނޑުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މިޕްރޮޖެކްޓްގެ ތެރެއިން ހިނގާނީ ހަމައެކަނީ ޓާރފް ބަދަލުކުރުން އެކަނި ނޫންކަމަށާއި ދަނޑުގެ ފެންސުން ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމާއި ދަނޑުގެ ލައިޓިން ސިސްޓަމް ރަނގަޅު ކުރުމުގެ އިތުރުން އެތަނުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވިގެން ދާނެކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މިމަސައްކަތުގައި ޒުވާނުންގެ ފަރާތުން އެކިގޮތްގޮތުން ލިބެމުންދާ އެހީތެރިކަމަށް އެ ކައުންސިލުން ޝުކުރު އަދާކުރާކަމަށެވެ. ކައުންސިލުން އިތުރަށް ވިދާޅުވީ މިފަދަ ކަންކަމަކީ އެއިރެއްގައި އޮންނަ ކައުންސިލަކާއި ރައްޔިތުންނާއި ގުޅިގެން ކުރިޔަށް ގެންދިޔުމުން މުޖުތަމައުގައި އެއްބައިވަންތަކަން އާލާވެގެންދާ ކަންކަން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ