އަހަރަކު 1 މިލިއަން މީހުންނަށް ހިދުމަތްދޭ ތަނަކަށް ހަނިމާދޫ އެއަރޕޯރޓް ހަދާނަން – ޖޭޕީ

ހަނިމާދޫ ފަހުގެ ސިޔާސީ

އަހަރަކު 1 މިލިއަން މީހުންނަށް ހިދުމަތްދޭ ތަނަކަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ހަދާނެކަމަށް ޖޭޕީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިނލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ ރޭ ލޯންޗުކޮށްފައިވާއިރު ތަރައްޤީގެ ފޮނިމީރުކަން ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ސިޔާރުގެ ދަށުން “ސަރަހައްދީ ތަރައްޤީ އާ ހަރުފަތަކަށް” ނަމުގައި ވަނީ ރާއްޖެ 7 ސަރަހަދަ ބަހާލާފައެވެ. އެގޮތުން ހދ، ހއ، ށ ވަނީ އެއް ސަރަހައްދެ ގޮތުގައި ހިމަނާފައެވެ. މި ތިން އަތޮޅަށް ނަން ދީފައިވަނީ “މަތިއުތުރު ސަރަހައްދުގެ” ނަމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ސަރަހައްދަށް ހާއްސަ 11 ވައުދެއް މި މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެޔާޕޯރޓް އަހަރަކު 1 މިލިއަން މީހުންނަށް ހިދުމަތްދޭ ތަނަކަށް ހަދާނެކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން މަތިއިތުރު ސަރަހައްދަށް ހުރި ކަންތައްތަކީ؛

* އަހަރަކު 5 މިލިއަން ކޮންޓޭނާގެ ހިދުމަތް ދެވޭ ވަރަށް އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަނދަރެއް ހާއްސަ އިގްތިޞާދީ ސަރަހައްދެއްގެ ގޮތުގައި ގާއިމުކުރުން
* 6000 ޓޫރިސްޓް އެނދު އުފެއްދުން
* އިންޓަރނޭޝަނަލް ޝިޕްޔާޑެއް ޤާއިމްކުރުން
* ވެއަރ ހައުސިން ޚިދްމަތްތަކާއި، ސޮފްޓް އިންޑަސްޓްރީއާއި، ބަލްކްބްރޭކިންގ ވިޔަފާރި ހަބެއް ގާއިމުކުރުން
* އެކުއާ ކަލްޗަރ ގުޅުންހުރި މަސައްކަތް ”ފަޅު ރޯދި” ޕްރޮޖެކްޓް (ލަނޑާ، ކަނޑުމަސް، އޯނަރމެންޓަލްފިޝް، ފަދަ މަސްވެރިކަން) ނަމުގައި މި ސަރަހައްދުގައި ހިންގައި ރައްޔިތުންނަށް ސީދާ ނަފާ ހޯދައިދޭނުން
* ”ކަނޑު ރޯދި ޕްރޮޖެކްޓް” ނަމުގައި ލެބޯޓަރީ އާއި ޓްރޭނިން ފެސިލިޓީޒް” މި ސަރަހައްދުގައި ގާއިމުކޮށް މަހުގެ ބާވަތްތައް ދިރުވައި އާލާކޮށްދިނުން
* އެން އާލާކޮށް މަސްވެރިންނަށް ފަސޭހައިން އެން މި ސަރަހައްދުގައި ”އެން ބާޖެއް” ބޭއްވުން
* ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެެއް
* ވޮކޭޝަނަލް، ޓެކްނިކަލް ތައުލީމާއި އިންޖިނިއަރިންގެ ރޮނގުން މަތީފެންވަރަށް ކިޔަވައިދޭ ކޮލެޖެއް މި ސަރަހައްދުގައި ގާއިމުކޮށްދިނުން
* ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް މި ސަރަހައްދުގައި ”ވޮކޭޝަނަލް ސެންޓަރ” އެއް ގާއިމުކޮށް ދިނުން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ