ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ ސެޕްޝަލް އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. ވަހީދު އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ނިންމެވިކަން އިއުލާން ކުރައްވައި، މިރޭ ކުރެއްވި ޓްވީޓްގައިވަނީ އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ނިންމެވީ ރައްޔިތުންނަށް ފައިދާވާނެ ފަދަ ނިންމުންތައް ތެދުވެރިކަމާއެކު ނިންމާނެ މާހައުލެއް ހޯއްދެވުމަށް ކަމަށެވެ.
ވަހީދު މިރޭ ޕީޕީއެމުން ވަކިވެ ވަޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ ރިޔާސީ ޓިކެޓާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް ނިކުންނަވާފައި ވަނިކޮށެވެ.



ނޫސްވެރިން މިކަން އިތުރަށް ސާފުކޮށް ރައްޔިތުންނަށް ޕީޕީއެމް އެރެގެ މަޝްވަރާތަކުގައި ކުރެވުނު މަޝްވަރާތައް އަދި ބަފަލުކުރެވުނު ހަމަލާތަކުގެ ވަހަކަތައް ހޯދާއި ލިޔެދޭށެވެ!!