ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
އެމަނިކުފާނު ޖޭޕީ އާ ގުޅިވަޑައިގަތީ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން ލޯންޗު ކުރުމަށް މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައެވެ. ޑރ.ވަހީދު ޖޭޕީއަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ ގާސިމް އެވެ.
ރައީސް ވަހީދު ޕީޕީއެމް އިން ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީން ފުރަތަމަ ރިޔާސީ ޓިކެޓް ހަވާލުކުރެވުނު ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވުމާ ގުޅިގެން އިދިކޮޅުން ކެންޑިޑޭޓަކު ނެރުމުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި ކޯޅުންތަކެއް ހިނގި ފަހުންނެވެ.


