ޔާމީން ސަލާމަތް ކުރުމަކީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް

ފަހުގެ ސިޔާސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ސަލާމަތް ކުރުމަކީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީން ހދ. ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން ސަލީމް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގެ އެންމެ ބޮޑު ޕްރޮޖެކްޓަކަށް ވާންޖެހޭނީ ޔާމީން ސަލާމަތް ކުރުން ކަމަށާއި އެއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“މަގު ހެދުމެއް ނޫން އަދި ބަނދަރު ހެދުމެއް ވެސް ނޫން، މި ހުރިހާ ޕްރޮޖެކްޓުގެ ތެރެއިން އެންމެ ވަރުގަދަ، އެންމެ ބޮޑު ޕްރޮޖެޓަކީ، ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކީ ރައީސް ޔާމީން ސަލާމަތްކޮށްގެން ތިޔަ ގޮނޑީގައި ބޭންދުން. އޭގެ ފަހުގައި އަޅުގަނޑުމެންގެ ދެން ހުރި ޕްރޮޖެކްޓުތައް އަންނާނީ. އޭގެ ދަށަށް. މިއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް. ބިލިއަން ބިލިއަން،” ސަލީމް ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ހުކުމުގެ ސަބަބުން ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.

އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވުމުން ޔާމީން ބޭނުންވެވަޑައިގަތީ އިންތިހާބު ބޮއިކޮޓްކުރުމަށެވެ. ނަމަވެސް ޕީޕީއެމް-ޕީއެންސީގެ ސެނެޓުން އެކަން ގަބޫލުނުކުރުމުން ވެސް ޔާމީން އެންމެ ފުރަތަމަ އެކަން ގަބޫލެއް ނުކުރެއްވި އެވެ. ނަމަވެސް ފަހުން ޔާމީން ވަނީ ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމަވައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ