މާލެއިން ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި

ޚަބަރު ފަހުގެ

ބިންވެރިޔާ ސްކީމުގެ ދަށުން މާލެއިން ބަންޑާރަ ގޯތި ދޫކުރަން ހުޅުވާލި ފުރުޞަތުގައި ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗައިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ދާއިމީ ލިސްޓްގައި 19639 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އޭގެތެރެއިން
18955 މީހުންނަށް މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭނެ ކަމަށެވެ. ޝަރުޠު ހަމަވާ މީހުންގެ ތެރެއިން މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި 684 މީހުންނަކީ ކައިވެނި ނުކުށް ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރުން ދެމެދުގެ މީހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަކްރަމް ވިދާޅުވީ ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ގޯތި ލިބޭ 18955 މީހުންނަށް ގޯތި ދިނުމާ ރަޖިސްޓްރީ ހަވާލުކުރަން އަންނަ އަންގާރަ ދުވަހު ފަށްޓަވާނެ ކަމަށެވެ. ގޯތި ލިބޭ ފަރާތްތަކަށް ދެއްވާނީ ވަގުތީ ރަޖިސްޓްރީ އެއް ނޫން ކަމަށާއި އެފަރާތްތަކަށް ދެއްވާނީ ދައިމީ ރަޖިސްޓްރީއެއް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދޅުވީ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަ ފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ކަމަށެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ލިސްޓްގައިވާ މީހުންނަށް ގޯތި ދޭނެ ތަންތަން ކަނޑައަޅާނީ އަންނަ އަންގާރަ ދުވަހު ބާއްވާ ގުރުއަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ބިންވެރިޔާ ސްކީމުގެ ދަށުން މާލެއިން ބަންޑާރަ ގޯތި ދޫކުރަން މިދިޔަ އަހަރުގެ ޖޫންމަހު ހުޅުވާލި ފުރުސަތުގައި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ވޯޓު ހޯދަން ގޯއްޗާއި ފުލެޓް ބެހުމެކޭ ފައިސާ ދިނުމެކޭ ވާނީ ހަމަ އެއްވަރު. އިލެކްޝަން ކަމިޝަނާއި ކޯޓުތަކުން މިކަން ހުއްޓުވަން ޖެހޭނެ. މިވަރުގެ ބޮޑު ފަސާދައެއް ހިންގާ ތަން ބަލަން ތިބެން ހެޔޮވާނީ ކިހިނެއް