ރައީސް ސޯލިހުގެ ފަހު މަންޒިލަކަށް ވާންޖެހޭނީ ޖަލު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުންގެ ވެރިކަން ނިމެންދެން ރައީސް އިބުރާހިމް މުހައްމަދު ސޯލިހު އޮންނަން ޖެހޭނީ ޖަލުގައި ކަމަށާއި އޭނާގެ ފަހުގެ މަންޒިލަކަށްވެސް ވާންޖެހޭނީ ޖަލުކަމަށެވެ.
” އަޅުގަނޑުމެންގެ ދައުރު ނިމެންދެން ރައީސް ސޯލިހު ހުންނަވަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ޖަލުގައި. އޭނާގެ ފަހުގެ މަންޒިލަކަށް ވާންވެސް ޖެހޭނީ ޖަލު” އަދުރޭ
މީގެ އިތުރުން އަދުރޭ ވިދާޅުވީ މި ރާއްޖޭގައި ވެރިކަން ކުރައްވާ އެންމެ އަނިޔާވެރިއަކީ ރައީސް ސޯލިހު ކަމަށާއި އެމަނިކުފާނު ވެރިކަމުން ބާލަން ގިނަ މަސައްކަތްތަކެއް އެންމެން އެކުގައި ކުރަން ޖެހޭ ކަަމަށް އަދުރޭ ވިދާޅުވިއެވެ.
އަދި ރައީސް ސޯލިހްގެ އަނިޔާވެރިކަން، ވޯޓް ލުމާ ހަމައަށް އެންމެންގެ ހިތުގައި ވެސް ބާއްވަން އަދުރޭ އެދިވަޑައިގެންނެވިއެވެ.


