ސެވިއްޔާ އަތުން ބާސާ އެއްވަރުވެއްޖެ

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބާސެލޯނާ އެއްވަރުވެއްޖެއެވެ. އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބާސާ އެއްވަރުވީ ސެވިއްޔާއާ 1-1 ންނެވެ.

މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ދެ ޓީމުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ފޯވާޑް ލޫކް ޑި ޔޯނެވެ. އެކަމަކު ސެވިއްޔާއަށް މެޗުގައި ލީޑު ހިފަހައްޓާލެވެނީ އެންމެ ދެ މިނެޓަށެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅުމަށްފަހު މި ސީޒަނުގައި އެނބުރި ބާސާއާ ގުޅުމަށްފަހު ކުޓީނިއޯ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި ދެ ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް މުޅި މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ