ހަނިމާދޫ ސަހަރާ ނޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިއަދު 13:16 ގައި ދިވެހި ސަރުކާރުގެ ގެޒެޓް ގައި ޝާއިއު ކޮފައިވާ އެ އިޢުލާންގައި ވަނީ ދެއަހަރު ދުވަހުގެ މުއްދަތަށް، ހަނިމާދޫ ސަހަރާ އެތެރެ ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމާއި ސަހަރާގެ ވަށައިގެންވާ މަގުތަކުގެ ދެބައިކުޅައެއްބައި ވިނަ ނޮޅައި ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެކަމަށެވެ.
މިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތަކުން މިމަހުގެ 18 ވަނަ ދުވަހުގެ 10:30 އަށް ހަނިމާދޫ ކައުންސިލަށް ވަޑައިގެން މަޢުލޫމަތު ސާފުކުރައްވާ 24 ވަނަ ދުވަހު 10:30 ކުރިން އަންދާސީ ހިސާބު ހަނިމާދޫ ކައުންސިލަށް ހުށައަޅަން ޖެހޭނެ ކަމަށް އެ އިޢުލާނުގައި ބަޔާން ކޮށްފައި ވެެއެވެ.
މީގެއިތުރުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ކަމަށް ހަނިމާދޫ ކައުންސިލްގެ އިއުލާނުގައި ވެއެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ފޮޓޯ: މުހައްމަދު އަފްރާޙް


