ސުޕްރީމް ކޯޓުން އިއްވަވައިފައިވާ މަރުގެ ޙުކުމްތައް 3 މަސްދުވަހުގެ ތެރޭގައި ތަންފީޒުކުރާނަން: ޢުމަރު

ފަހުގެ ސިޔާސީ

ސުޕްރީމް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމްތައް ވެރިކަމުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ތަންފީޒުކުރާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ނަސީރު މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ފެށި “ރިޔާސީ ކެނޑިޑޭޓްއާއިއެކު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢުމަރު ނަސީރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެންމެ ބޮޑަށް އަމާޒުކުރައްވާނީ ރާއްޖެއަކީ އަމާން ތަނަކަށް ހެއްދެވުމަށްކަމަށެވެ. އަދި ކޯޓު މަރުހަލާ ނިމި އާއިލާގެ ހުރިހާ މެންބަރުންގެ ރުހުން ލިބިއްޖެނަމަ އޭނާގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒުކުރައްވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.

“އަޅުގަނޑުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޝަރުއީ ހުރިހައި މަރުހަލާއެއް ނިމިފައިތިބި މީހުންގެ ހުކުމް ތަންފީޒް ކުރެވޭނެ.” އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޢުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ސަރުކާރުން ބައެެއް ވިޔަފާރިތަކަށްވަނުން ހުއްޓާލާނެކަމަށާއި އަދި ސަރުކާރު ބައެއް ކުންފުނިތައް ޕްރައިވަޓައިޒްކޮށް އަމިއްލަ ކުންފުނިތަކުގެ އަތްމައްޗަށް ސިނާއަތް ދޫކޮށްލާނެކަމަށެވެ.

އުމަރުގެ ވާހަކައިގައި ރާއްޖޭގެ ޓެކްސް ނިޒާމް ބަދަލުކޮށް އެންމެ ކުދި މައިކްރޯ ކުންފުނިތަކުން ޓެކްސް ނުނަގާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރެއް އަދި އެންމެ އުތުރުން އައްޑޫގައި ފްރީ ޓްރޭޑް ޕޯޓް ޒޯނެއް ތަރައްޤީކުރާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ