ރައީސް ސޯލިހު ތޮއްޑޫ އަށް ގިނަ ވައުދުތަކެއް!

ސިޔާސީ ފަހުގެ

ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެންޕޭނަށް އއ.ތޮއްޑޫ އަށް ވަޑައިގެން އެރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތޮއްޑޫ ބޭނުންވާ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށާއި ކައުންސިލާ ރައްޔިތުން މަސްވަރާއަށް ފަހު ނިންމާ ލިސްޓުކޮށްފައިވާ ކަންތަކުގެ ތެރޭ ހިމެނޭ ސޯސަލް ސެންޓަރެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން ކައުންސިލް ހިންގުމަށް އައު އިމާރާތެއް އަޅައިދިނުމާއި ސްކޫލަށް ބޭނުންވާ 6 ކުލާސްރޫމް، ސައިންސް ލެބް، ލައިބުރަރީ އަޅުައްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އައު މިސްކިތަކާ މަލްޓީ ފެސިލިޓީ ޕާކެއް އަޅުއްވައި ދެއްވުމަށްވެސް ވައުދު ވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ 9 ސެޕްޓެންބަރުގައި ވޯޓު ލާއިރު ވިއްސަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އަޅުގަނޑުމެން ކުރާ މަސައްކަތްތަކައިގެން ކުރިއަށް ދެވޭނީ ތިބޭފުޅުންގެ ނިންމުމާއެކުކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ދާނީ މީގެ 5 އަހަރު ކުރިން އޮތް އަނިޔާވެރި ކަމަށް ތޯ؟ ނޫނީ ތަރައްގީގެ މަޝްރޫއާއެކުތޯ ރައީސް ސޯލިހު ސުވާލު ކުރެއްވެވިއެވެ.

އެއަށް ފަހު ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނަށް ފެންނަނީ ރައްޔިތުން ތަރައްގީއާއެކު ކުރިއަށް ދާންތިބި މަންޒަރުކަމާ ތޮއްޑޫ ރައްޔިތުންގެ ނިންމުމަކަށް ވެސް ވާނީ އެނިންމުންކަމަށް ގަބޫލު ކުރާ ކަމަށާއި އިންތިހާބު ކަމިޔާބު ކުރާނީ އެއްބުރުން ބޮޑު ތަފާތަކުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ