ސޯލިހަށް ވޯޓު ދެނީ ކޮން މުވައްޒަފުންތަކެއްތޯ ބެލުމަށް އެކި ކުލަކުލައިގެ ގަލަމުން ފާހަގަޖެހުމަށް ދަނީ އަންގަމުން! ޕީޕީއެމް-ޕީއެންސީ ކޯލިޝަން

ސިޔާސީ ފަހުގެ

ސްޓެލްކޯ އަދި ފެނަކައިގެ މުވައްޒަފުންގެ ތެރެއިން ސޯލިހަށް ވޯޓް ދެނީ ކޮންބައެއްތޯ ބެލުމަށް ވަކި ކުލަޔަކުން ފާހަގަ ޖަހަން އެ ދެކުންފުނިން އަންގަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

މިއަދު އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސްޕޯކްސްޕާސަން އަދި އެސިސްޓެންޓް މެނޭޖަރު މުހައްމަދު ތޮލާލް ވިދާޅުވީ، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންނަށް އެތަންތަނުގެ މެނޭޖްމަންޓުން ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ތަފާތު ކުލައެއްގެ ގަލަން ދީގެން އެގަލަމުން ފާހަގަ ޖަހަން މަޖުބޫރު ކުރުވަމުން ގެންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރަށްރަށުގެ ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންނަށް ތަފާތު ކުލައެއްގެ ގަލަން ދީގެން އެ ގަލަމުން ފާހަގަޖަހަން މަޖްބޫރު ކުރުވަމުން އެ ގެންދަނީ. ބައެއް ތަންތަނުގައި އަންގާފައި ވަނީ އަނެއްބައި ތަންތަނުގައި އަންގަމުންދަނީ. ތަފާތު ކުލަކުލައިގެ ގަލަމުން ފާހަގަޖަހާއިރު އެ ފާހަގަ ރައީސް ސޯލިހަށް ނުދޭކަމަށްވަންޏާ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުން އެ ގެންދަނީ.” ތޮލާލް

ކުންފުނިތަކުން މުވައްޒަފުނަށް ވަކި ކުލައެއްގެ ގަލަމެއްދީގެން އެ ގަލަމުން ފާހަގަޖަހަން ވިދާޅުވިޔަސް އެކަން އެގޮތަށް ނުކުރެއްވުމަށް ތޮލާލް ވިދާޅުވިއެވެ. އަދި އެގޮތަށް އެކަން ކުރަން އަންގާނަމަ އިދިކޮޅުގެ ފަރާތުން ވެސް ތަފާތު ކުލާގެ ގަލަންތަކުން ފާހަގަޖަހާނެކަމަށާ އޭރުން އެ މުވައްޒަފުން ޖަހާ ފާހަގަ ވަކިނުކުރެވޭނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި މި ސަރުކާރުން ސިޔާސީ ބޭނުމަށް ވަކިކުރާ ވަޒީފާތައް އަނބުރާ އިޔާދަކޮށްދެއްވާނެ ކަމަށެވެ. އަދި މިހާރު ވަޒީފާގައި ތިއްބެވި ބޭފުޅުން ވަޒީފާއިން ވައްކެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ