ހަނިމާދޫ އެއާޕޯޓް މަޝްރޫއު ހުއްޓައެއް ނުލާނަން، ބާރު ސުޕީޑުގައި ގޮސް ނިންމާނަން – ޑރ.މުއިއްޒު

ސިޔާސީ ފަހުގެ

ހަނިމާދޫ އެއާޕޯޓް މަޝްރޫއު ހުއްޓައެއް ނުލާނެ ކަމަށާއި އޭގެ ބަދަލުގައި ބާރަށްގޮސް އެ މަޝްރޫއު ނިންމާނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރިޔާސީ ކެމްޕެއިނަށް މިރޭ ފ.ނިލަންދޫގައި ބޭއްވި ޖަލުސާގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ވެރިކަން ހަވާލު ކޮށްފިނަމަ ހދ.ހަނިމާދޫ އެޔާޕޯޓް މަސައްކަތް ހުއްޓާލަނެކަމަށް އެބަ އަޑު ފަތުރާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ހަނިމާދޫއަށް ކުރި ދަތުރުގައިވެސް އަދި މިތަނުގައި ހުރިހާ ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަން ހަނިމާދޫ އެއާޕޯޓް އެއީ ސަރަހައްދީ ތަރައްގީއަށް މުހިންމު އެއާޕޯޓެއް، ހދ އަށް އަދި ތިލަތުން މައްޗަށް އިގްތިސޯދީ ތަރަގީ ގެނެވުމަށް މުހިންމު މަސްރޫއެއް.” މުއިއްޒު

އެހެން ކަމުން ހަނިމާދޫ އެއާޕޯޓް މަޝްރޫއު މިހާރަށްވުރެއް ހަލުވިކޮށް ކުރިއަށްގެންގޮސް ރައްޔިތުންނަށް އޭގެ ނަފާ ހޯދައިދިނުމަކީ ވަރަށް އިސްކަންދޭނެ ކަމެއްކަމުގައި މުއިއްޒު ވިދާޅުވިއެވެ.

އަދި މިހާރު ގައުމުން ބޭރުން ލޭބަރުން ގެނެސްގެން މަސައްކަތް ކުރި ނަމަވެސް އޭނާގެ ވެރިކަމުގައި ލޭބަރުންގެ ގޮތުގައި ދިވެހިން ހަނިމާދޫ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގެންގުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކާބޯ ތަކެތި މިހާރު އެމީހުން ބޭރުން ގެންނަނަމަވެސް އޭނާގެ ވެރިކަމުގައި ދިވެހި ދަނޑުވެރިން ހައްދާ އެއްޗެހި ބޭނުން ކުރުމަށް ބާރުއަޅާނެ ކަމަށްވެސް ވިދާޅުވިއެވެ. އެރުން ސީދާ ރައްޔިރުންނަށް އެ ޕްރޮޖެކްޓުގެ ތެރެއިން ފައިދާވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ