ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމުކޮށްފި

ޚަބަރު ފަހުގެ

ސެޕްޓެމްބަރު ނުވައެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް ގެޒެޓްކޮށްފިއެވެ.

އަންނަ ރިޔާސީ އިންތިބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓުގައި 282،395 މީހުން ހިމެނެއެވެ. އޭގެ ތެރޭގައި އަލަށް ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އަދަދަކީ 27،006 އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިފަހަރު ވޯޓުލުމަށް ޖުމުލަ 574 ފޮށި ބަހައްޓާއިރު، މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި ނުވަ ފޮށި، ޖަލުތަކުގައި ފަސް ފޮށި ބަހައްޓަންވަނީ ހަމަޖެހިފައެވެ.

މި ފޮށިތަކުގެ ތެރެއިން މާލޭ ސަރަހައްދުގެ މާލެގައި 142 ފޮށި، ހުޅުމާލޭގައި 27 ފޮށީގެ އިތުރުން ވިލިމާލޭގައި 7 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ޖަލުތަކުގައި ވޯޓުލާން 1783 މީހުން، ރާއްޖޭން ބޭރުގައި ވޯޓުލުމަށް 3300 އަށް ވުރެ ގިނަ މީހުން އަދި، ރިސޯޓުތަކުގައި 3900 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ