19 ބާބުގެ މައްޗަށް އެކުލެވިގެންވާ ޑރ.މުހައްމަދު މުއިއްޒުގެ “ދިވެހީންގެ ރާއްޖެ” މެނިފެސްޓޯ ރޭ އިފްތިތާހު ކޮށްފިއެވެ.
މުއިއްޒު އޭނާގެ މެނިފެސްޓޯ ލޯންޗުކުރީ ހިޔާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މުއިއްޒުގެ އަނބިކަނބަލުން އަދި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
މުއިއްޒުގެ މެނިފެސްޓޯގެ ޝިއާރަކީ “ދިވެހީންގެ ރާއްޖެ”އެވެ. އެ ޝިއާރަކީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވި ޝިއާރެކެވެ.
މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މެނިފެސްޓޯ އެކުލެވިގެންވަނީ 19 ޗެޕްޓާއަކަށް ކަމަށެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.


