އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތައް ޝާއިއުކުރާކަމަަށް ބުނެ “ދެންމެ” ނޫސް ހިންގާ ފަރާތްތައް ހޯދަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިއުލާންކޮށްފި އެވެ.
އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި “ދެންމެ” ނޫހުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ލިޔެފައިވާ ހެޑްލައިންތަކުގެ މައްސަލަ އާންމު ފަރާތްތަކުން އެ ކައުންސިލްގެ ސަމާލުކަމަށް ގެނައުމުން، ކައުންސިލުން އިސްނަގައިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
ނަމަވެސް “ދެންމެ” ނޫހަކީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހަކަށް ނުވާތީ އެ ނޫސް ވެބްސައިޓު ހިންގާ މަސްއޫލުވެރި ފަރާތް ދެނެގަނެ ޖަވާބުދާރީ ކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ދެންމެ “ނޫސް” ހިންގާ ފަރާތަކާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެމްއެމްސީއާ ހިއްސާކުރުމަށް އެ ކައުންސިލުން ވަނީ އެދިފަ އެވެ.
އެއާއެކު، އެ ނޫހުން ޝައިއުކުރަ އިޖްތިމާއީ މިންގަނޑުތަކ ހިލާފު ކޮންޓެންޓާއި ހެޑްލައިންތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި ހިއްސާ ނުކުރުމަށް އެމްއެމްސީން ވަނީ އެދިފަ އެވެ.