މުއިއްޒުގެ ވެރިކަމެއްގައި ޕާކިން ޖޫރިމަނާތައް މާފުކޮށްދެނީ

ސިޔާސީ ފަހުގެ

ގަވައިދާ ހިލާފަށް ޕާކުކޮށްގެން ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާތަކެއް މާފުކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުނަދޫގައި ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ޕާކުކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވައުދުވެގެން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަމަވެސް، ފެނިގެންދަނީ ޕާކިން ސްޓިކާ ޖޫރިމަނާ އަކީ އާމްދަނީ ހޯދާ ވަސީލަތަކަށް މި ސަރުކާރުން ހަދާފައިވާ ތަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސްޓިކާ ޖަހާ ޖަހާ ގޮސް އެބަ އޮތް އެތައް ހާސް ރުފިޔާއެއް އަރާފައި، ޖޫރިމަނާވެފައި. އެއީ އެއްވެސް އިންސާފެއް ނޫން. އެކަމަށް ހައްލެއް ލިބެން އޮއްވާ ނުގެނެސް ޖޫރިމަނާ ކުރަނީ. މި ސަރުކާރަށް އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ކަމަކީ އެއީ ޖޫރިމަނާ ފައިސާ، ޕާކިން ޖޫރިމަނާ އެއްކޮށް އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް މާފުކޮށްދޭނަން” މުއިއްޒު

މުއިއްޒު ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތައް ހަދަން ސިޓީ ކައުންސިލުން ރޭވި ނަމަވެސް ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި ވެރިކަމަށް އައިސް ޕާކިން ބިލްޑިންތައް ގާއިމްކޮށް، ޕާކިން މައްސަލަ އެއްކޮށް ހައްލުކޮށް، ގަރާޖު ސިޓީއަށް ސަލާން ޖެހުން ހުއްޓުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ