ގައުމީ ޔުނިވާސިޓީއާއި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިންތިޒާމުކުރި ރިޔާސީ ބަހުސް ކެންސަލްކުރަން ނިންމައިފިއެވެ.
ޕީއެސްއެމުން މިއަދު ބުނީ އެ ބަހުސް ކެންސަލްކުރުމަށް ނިންމީ، ކެންޕޭނު ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތުމުން، ބައެއް ކެންޑިޑޭޓުންނަށް ބައިވެރި ނުވެވޭތީ ކަމަށެވެ.
އަދި ބަހުސް ފަހުގެ ތާރީހަކަށް ފަސްކޮށްފިނަމަ، ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭ ކަމަށް ވެސް އެ ޕީއެސްއެމް އިން ބުންޏެވެ2.
އެ ކުންފުނިން ބުނީ މިހާރު ވިސްނުން ހުރީ، ސަންގު ޓީވީން އިންތިޒާމުކުރާ ބަހުސްއަށް ގުޅިގެން ކުރިއަށް ދިއުމަށް ކަމަށެވެ.
ރިޔާސީ ބަހުސް ބޭއްވުމަށް ޕީއެސްއެމް އިން ކަނޑައެޅި ތާރީހަކީ އަންނަ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ.
ޕީއެސްއެމް އިން މިފަދައިން ނިންމާފައިވާއިރު، އެ ބަހުސް ފަސް ކޮށްދިނުމަށް އެދިފައިވާ ކަމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ގެ ތަރުޖަމާނު މާރިޔާ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، އެ ރޭ އެމްޑީޕީގެ “އުފާވެރި މާލެ“ ގެ ނަމުގައި އިވެންޓެއް ބާއްވާތީ، އެ ޕާޓީން ބަހުސް ފަސް ކޮށްދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


