ކުރިއަށްއޮތް ދައުރުގައި އިތުރު ޓެކްސްއެއް ނެގުމަށް ވިސްނާފައި ނުވާކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަންގު ބަހުސްގައި އިގްތިސޯދީ ސިޔަސަތާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށްއޮތް ދައުރު އިތުރު ޓެކްސްއެއް ނެގުމަށް އަދި ވިސްނާފައި ނުވާކަމަށެވެ.
އެމްޑީޕީގެ ސިޔާސަތުން ދަރަނި ދެއްކޭނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދަރަނި ދެއްކުން ފަސްކުރުމަށް ގެންގުޅޭ ވިސްނުމުގެ ދަށުން ބައެއް ދަރަނިތައް ފަސްކުރުމަށް ލޯނު ދިން ފަރާތްތަކާއިއެކު މަޝްވަރާތައް ކުރިއަށްގެންދާނޭކަމަށެވެ. ސޮވެރިން ފަންޑު އިތުރަށް ފުޅާކުރާނޭކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ބައިތުލްމާލުގައި ރިޒާވްގެ ގޮތުގައިވެސް ފައިސާ އެބަހުރި ކަމަށެވެ.
ސަންގު ބަހުސްގައި ވާހަކަދެއްކެވި ހުރިހާ ކެނޑިޑޭޓުންހެން ވިދާޅުވީ އައު ޓެކްސްއެއް ނެގުމަށް ވިސްނާފައި ނުވާކަމަށެވެ.