ވޯޓު ލެވޭނީ ކަޅު ނޫނީ ނޫ ކުލައިގެ ގަލަމަކުން އެކަނި: އިލެކްޝަންސް

ފަހުގެ ޚަބަރު

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ދެލި ހިނގާ ގަލަަމަކުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އަކީ އެންމެ ފާހަަގައެއް ކަމަށް ވާނެޖެހޭނެ ކަމަށާއި، އިތުރު ފާހަގަތައް ޖަހާފައި ހުންނަ ވޯޓު ކަރުދާހަކީ ބާތިލް ވޯޓެއް ކަމުގައި ގުނާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އިންތިހާބުގައި ވޯޓު ލެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ހިނގާ ގަލަމަކުން އެކަނި ކަމަށާއި އަމިއްލަ ގަލަމެއް މީހަކު ގެނެސްފިނަމަ، އެ ގަލަމެއް އޮފިޝަލުން ޗެކް ކުރާނެ ކަމަށް ބުންޏެވެ. އެއީ ކޮން ކުލައަކުން ލިޔެވޭ ގަލަމެއްތޯ ޗެކުކުރާނެއެވެ. ޗެކުކުރާއިރު އެ ގަލަމަކީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލިން ލިޔެވޭ ގަލަމަކަށް ނުވާނަމަ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ވޯޓިން ބޫތުގައި ބާއްވާފައި އޮންނަ ގަލަން ބޭނުންކުރުން ކަމަށެވެ.

މީގެ އިތުރުން އީސީން ބުނީ، ވޯޓުލާ މަރުކަޒުގައި ބަހައްޓާ ބޫތު ހުންނަ ގޮތް މިފަހަރު ބަދަލު ވާނެ ކަމަށެވެ. އެގޮތުން ވޯޓުގައި ފާހަގަ ޖަހާ މީހުން ތިބޭނީ ފުރަގަހުން ފެންނަ ގޮތަށް ކަމަށް ހަބީބު ވިދާޅުވިއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ