ގެއްލުނު ޒުވާނާ ފެނިއްޖެ

ޚަބަރު ފަހުގެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ކ. މާލެ، މއ. ލެއްގި / ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (35އ) އެވެ. އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 6 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭނާ އެންމެފަހުން ފެނިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ 23:00 އެހައިކަންހާއިރު ކަމާއި އޭރު ލައިގެންހުރީ އަޅިކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖީންސެންކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު މިހާރު ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ