އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި ދޮރުންދޮރަށް

ސިޔާސީ ފަހުގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި ދޮރުންދޮރަށް ހިންގަވަން ފައްޓަވައިފި އެވެ.

މިއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ރައީސް މާލޭގައި ދޮރުންދޮރަށް ހިންގަވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް މިއަދު ވަނީ ދޮރުންދޮރަށް ހިންގެވުމުގެ ހަރަކާތުގައި މާލޭގެ އެކި ގެތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ހާލު ބައްލަވާލައްވާފަ އެވެ. ދޮރުންދޮރަށް ހިނގުމުގެ މި ހަރަކާތުގައި އެމްޑީޕީގެ މާލޭގެ ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ދައުލަތުގެ ވަޒީރުން އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭގައި ރައީސް ދޮރުންދޮރަށް ހިންގަވަން ފެއްޓެވިއިރު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ގެންދަވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވަމުންނެވެ. އަދި މިރޭ މާފަންނުގައި ކަންމަތީ ބައްދަލުވުމެއް އެމްޑީޕީން ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ބައްދަލުވުމުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ