އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް ޑިވައިސް މެނޭޖްމަންޓް ތައާރަފްކޮށްފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ވަދެފައިވާ ޑިވައިސްތައް އެނގޭނޭ، މެނޭޖްމަންޓް ފީޗާ ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މި ހިދުމަތް ތައާރަފުކޮށްފައި ވަނީ ކަސްޓަމަރުން ސްކޭމްތަކުން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަކޮށް އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެއެވެ. ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލައި، ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސްއަކުން ވެސް ލޮގްއައުޓް ކުރެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކިއުރިޓީ ކަށަވަރު ކުރުމަށް އެ ބޭންކުން ޚާއްޞަ އިސްކަމެއްދޭ ކަމަށެވެ. އަދި ބީއެމްއެލްގެ ސިސްޓަމްތަކަށް މިފަހުން ގެންނަމުންދާ ބަދަލުތަކާއި ތައާރަފު ކުރާ ފީޗާތަކުން އެކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަދި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބިގެންދޭ. ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފު ކުރެވޭ މުހިންމު ފީޗައެއް. މި ފީޗާގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލެވި، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓްވެވޭނެ.” ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލްއިން ވަނީ ކަސްޓަމަރުން ސްކޭމުން ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބޭންކުން ވަނީ ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި ކާޑުތަކުގެ ޚިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ ‘ކިލް ސްވިޗް’ ތައާރަފްކޮށްފައެވެ. އަދި އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ ލޮގިންއަށް ޓޫފެކްޓަރ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައެވެ.

މީގެއިތުރުން އިންޓަރނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާރޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓަރ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލެއްގެ ގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފަށާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ