މާލޭގައި މާރާމާރީއެއް ހިނގާ މީހަކު ޒަހަމްކޮށްލައިފި

ޚަބަރު ފަހުގެ

މާލޭގައި މާރާމާރީއެއް ހިނގާ މީހަކު ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ މާލޭގެ ސޯސަން މަގު ވިލާ ޓީވީ ކުރިމަތީގައެވެ. މާރާމާރީ ހިންގުމަށް ބޭނުން ކޮށްފައި ވަނީ މަރުތޭލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު 15:30ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: