ކުރަންޖެހޭ ކަމަކީ ރައީސް ސޯލިހު ބަލިކުރުމަށް ފަހު ވަރަށް އަވަހަށް މުއިއްޒު ވެރިކަމުން ބޭލުން: އާޒިމް

ސިޔާސީ ފަހުގެ

އެންމެ ރަނގަޅު ގޮތަކީ މި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރުމަށް ފަހު، އިންތިހާބުވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އަވަހަށް ވެރިކަމުން ބޭލުން ކަމަށް، ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއިދުކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށްޓަކައި އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީއަށް ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭއްވި އެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ އެކަނި ނުކުމެ “އެހެން ގޮތެއް” ހޯދެން އެބަ އޮތްތޯ ވިސްނަންޖެހޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“އަޅުގަނޑު ދެކޭ ގޮތުގައި އެކަން އެބަ އޮތްވާން ތިބޭފުޅުންގެ ހިތްވަރާއެކު. މި އޮތް ގޮތަކީ އަޅުގަނޑު ދެކޭ ގޮތުގައި މި އަންނަ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ދެރަކުރުން ދެވަނަ ބުރުގައި. ދެރަކުރުން. ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު އަނެއްކާ ވެރިކަމުން ބޭލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ،” އާޒިމް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްއިން ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރަމުން ގެންދާއިރު، އާޒިމް ވިދާޅުވީ މިހާރު މިއޮތް ރިޔާސީ ނިޒާމެއްގައި ބަޔަކާ އެކުވެގެން ދިޔުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ނިޒާމު އައިފަހުން ދަސްވި ކަމަކީ ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދައިގެން ކިރިޔާ ވެސް ކާމިޔާބެއް ވެފައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

“މިއަދާ ހަމައަށް ދުވަހަކު ވެސް އަޅުގަނޑު ނުދެކެން މި ދެ ކެންޑިޑޭޓުންނަށް ވުރެ ސިޔާސީ ގޮތުން ދޮގު ހަދާ ބަޔަކު،” އޭނާ ވިދާޅުވި އެވެ.

އެއަށް ފަހު އޭނާ ވިދާޅުވީ ކޮރަޕްޓުވެފައި ހުރި، ވައްކަން ކުރާ، މީހުން އަޅުވެތިކުރާ ބަޔަކާ އެއްކޮށް ދާކަށް ހެޔޮނުވާނެ ކަމަށެވެ،

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: