މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ދަ ޑިމޮކްރެޓްސް

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕީޕީއެމްއަށް ގެއްލި، 13 މެމްބަރުންނާއެކު ދަ ޑިމޮކްރެޓްސް އަކީ މިހާރު މައިނޯރިޓީ ޕާޓީގެ ގޮތުގައި ބަދަލުވެއްޖެއެވެ.

މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މީގެ ކުރިން އޮތީ ޕީޕީއެމް އެވެ. އެއީ ފަސް މެންބަރުންނާއެކުއެވެ. މެޖޯރިޓީ 56 މެމްބަރުންނާއެކު އަދިވެސް އޮތީ އެމްޑީޕީއަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ މަޖިލީސް ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ދަ ޑިމޮކްރެސްއާ ގުޅިވަޑައިގެންނެވި 10 މެމްބަރުން އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަ ޑިމޮކްރެޓްސްގެ ދަފްތަރުގައި ހިމެނިފައިވާކަން އެ ކޮމިޝަނުންވެސް މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ބަދަލާއިއެކު ރައްޔިތުންގެ މަޖިލީސް އެކުލަވާލެވިފައިވަނީ އެމްޑީޕީގެ 56 މެމްބަރުންނާއި، ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުނާއި، ޕީޕީއެމްގެ 5 މެމްބަރުނާއި، ޕީއެންސީގެ 3 މެމްބަރުންނާއި، އެމްއެންޕީގެ 3 މެމްބަރުންނާއި، އެމްޑީއޭގެ ދެ މެމްބަރުންނާއި، ޖޭޕީގެ 2 މެމްބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 3 މެމްބަރުން ހިމެނޭ ގޮތަށް ކަމަށެވެ.

މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާގޮތަށް އައި މިބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލެވިފައިވާ ގޮތަށާއި، ބަހުސްކުރުމަށް ލިބޭ ވަގުތަށްވެސް ބަދަލުތައް އަންނާނެކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ