ހަނިމާދޫގައި ހާއްސަ އެހީއަށް ބޭނުން ވާ ދޮށީ އުމުރުގެ މީހަކަށް ހަމަލާދިން މައްސަލައިގައި ޒުވާނަކު ހަތްޔަރު ކޮށްފިއެވެ.
ފުލުހުން ގޮށްކޮޅަށް މައުލޫމަތު ދެއްވަމުން ބުނީ ރޭ 23:45 ހާއިރު ހަނިމާދޫ ގެޔަކަށްވަދެ އެގޭގައި ދިރިއުޅޭ 63 އަހަރުގެ މީހަކަށް އަނިޔާކޮށް ފައިސާ ފެރުނު ކަމުގެ މައްސަލައެއް ހުސެއެޅިފައިވާކަމަށެވެ.
އަދި މިމައްސަލާގައި އުމުރުން 25 އަހަރު ޒުވާނެން ހަތްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީ ކުރަމުން ދާކަމަވެސް ފުލުހުން ބުންޔެވެ.
މި ހަދިސާއާ ގުޅިގެން ރޭ ގޮށްކޮޅަށް މައުލުމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ބުނެފައިވަނީ ރޭ އަނިޔާ ލިބުނީ ހާއްސަ އެހީއަށް ބޭނުންވާ ދުވަސް ވީމީހެއްކަމަށާ އެނާ ބިޑެތި އަނިޔާތަކެއް ކޮށްފައިވާކަމަށެވެ.
ރޭ ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު އެފަރާތަށް ކުޅުދޫފުށީ ރީޖްނަލް ހޮސްޕިޓަލުގައި ފަރުވާ ދެނުން ދާކަމަވެސް ފުލުހުން ބުންޏެވެ.