ފިހާރައެއްގައި ހުރި ފިރިހެނެއްގެ ކަރުގައި ވަޅި އަޅައިފި

ޚަބަރު ފަހުގެ

މާލޭގައި ފިހާރައެއްގެ ތެރޭގައި ހުރި ފިރިހެނެއްގެ ކަރުގައި އަންހެނަކު ވަޅި އަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އަންހެން މީހާ ހަމަލާދީފައިވަނީ އެ ފިހާރައިގެ ސޭޓަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާލޭގައި ފޯނު ފަދަ ތަކެތި ވިއްކާ ފިހާރައަށް ވަނުމަށްފަހު އަންހެން މީހާ ވަނީ ފޯނު ދައްކާލުމަށް އެދިފައެވެ. އަދި ސޭޓަކަށް ހުރި ބިދޭސީ މީހާ ފޯނެއް ނަގާފައި ދެއްކުމުން ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން އަންހެން މީހާ ވަނީ އެތަނުގެ ސޭޓާ ޒުވާބުކޮށްފައެވެ.

އަދި ހޫނު ޒުވާބަކަށްފަހު އަންހެން މީހާ ވަނީ އޭނާ ގެންގުޅުނު ވަޅިން ސޭޓުގެ ކަރުގައި އަޅާފައެވެ. އަދި އޭގެ ފަހުގައި އެ ފިހާރައިން ނުކުމެގެން އޭނާ ދިޔަތަން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ