ހދ. މަކުނުދޫގައި އެއްޗެއް ގޮވާ ދެ މީހަކު މަރުވި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ރަށަށް ގޮސްފި އެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގު ކުރުމަށް ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މަކުނުދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީ ދެ ފިރިހެނުން ކަމަށެވެ. އެ ދެ މީހުންނަކީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުން ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މަކުނުދޫ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވުމާ ގުޅިގެންނެވެ.
މި ހާދިސާ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.