މާދަމާރޭ ހަނދުކޭތަ ހިފާނެ؛ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ

ޚަބަރު ފަހުގެ

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން މާދަމާރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާރއެއްގައި ވިދާޅުވީ މާދަމާ ރޭ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 23:01ގައިކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭ މެންދަމު އަލިވެ 01:14ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 03:26 ހާއިރު ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން މިކޭތައާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ހޮނިހިރު ދުވަހުގެ ރޭ މެންދަމު 01:15އިގައި ކޭތަނަމާދުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ކޭތަ ނަމާދު ރަށްރަށުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އިސްލާމިކް މިނިސްޓްރީންވަނީ ރަށްރަށުގެ ކައުންސިލްތަކަށް އަންގަވާފައެވެ. ކޭތަ ނަމާދުގެ ޚުޠުބާ ހޮނިހިރު ދުވަހު މިނިސްޓްރީން އަޕްލޯޑް ކުރައްވާނެކަމަށްވެސް މިސަރކިއުލާގައިވަނީ ބަޔާންކުރައްވާފައެވެ.

މާދަމާރޭ ހިފާ ހަނދުކޭތައަކީ ފުރިހަމަ ހަނދުކޭތައެއް ނޫނެވެ. ހަނދުކޭތަ ހިފަނީ އިރާއި ހަނދާއި ދެމެދަށް ދުނިޔެ އެއްސަފަކަށް އަރައ، އިރުގެ އަލި ދުނިޔޭގެ ސަބަބުން ހަނދަށް ނޭޅި ދައުރުވާ ވަގުތުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ