ޕީޕީއެމް މެމްބަރަކު ޕީއެންސީއަށް ފޯމު ފުރަން ނުޖެހޭ: ޔާމީން

ފަހުގެ ސިޔާސީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އެއްވެސް މެމްބަރަކު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ފޯމު ފުރައިދޭން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީށް ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނުގެ ބަންދަށް ލިބުނު ލުޔާއެކު އެމަނިކުފާނަށް ވަފާތެރި ސަޕޯޓަރުންނާއެކު ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ، ޕީޕީއެމް އަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި، އަމާޒަކަށްވާންވީ ޒުވާން ޖީލަށް އެޕާޓީގެ ސިޔާސަތު ކިޔައިދީ އެ ފިކުރު ވިއްކުން ކަމަށް ވިދާޅުވެފައެވެ.

“ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ، ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން، ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ، ރައްޔިތުންގެ މަޖްލިހުގެ އިންތިޚާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތްކުރަންޖެހޭ.”- ޔާމީން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ