ތިލަދެކުނު ވޮލީބޯޅަ މުބާރާތު އަންހެން ޑިވިޝަން: ޓީމް ހަނިމާދޫ ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކުރާ ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗުވެސް ޓީމް ހަނިމާދޫ ކާމިޔާބުކޮށްފިއެވެ.

ޓީމް ހަނިމާދޫ މި މެޗު ކާމިޔާބު ކުރީ ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް އާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޓީމް ހަނިމާދޫ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ 25-14، 25-22 އަދި 25-08 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ހަނިމާދޫގެ ޖާޒީ ނަންބަރު 10 އާއިޝަތު މާޖިދާ އެވެ.

ދެން ޓީމް ހަނިމާދޫ އަންހެން ޓީމްގެ މެޗެއް ކުޅޭނީ މި މަހުގެ 8 ވަނަ ދުވަހު ވައިކަރަދޫ ޓީމް ވިޔެސްއާއި ދެކޮޅަށެވެ.

މި މުބާރާތުގައި ވާދަކުރާ އަންހެން ޓީމް ތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް އަދި ވައިކަރަދޫ ޓީމް ވިޔެސް އާއި ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

މާދެމާ ރޭ 20:15 ގައި ޓީމް ހަނިމާދޫ ފިރިހެން ޓީމާއި ކުޅުދުއްފުށި ކުލަބް ކޮރަލްސް ވާދަކުރާނެއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ