ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ޚަބަރު ފަހުގެ

ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަންކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޢައްޔަންކުރެއްވި ބޭފުޅުންނަކީ ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ތިލަދުންމަތީ އުތުރުބުރި ވަށަފަރު ބްލޫހައުސް މުޙައްމަދު ވަޙީދު ޙަސަން އާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މައްޗަންގޮޅި ބޮޑުދަހަރާގެ ޑޮކްޓަރ މުޙައްމަދު ކިނާނަތު އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ގަލޮޅު ލިޓޯނިޔާ މުޙައްމަދު ޝަމްޢާން ވަޙީދު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި މިނިސްޓަރުންގެ ފެންވަރުގައި ޢައްޔަން ކުރައްވައި ފަތްކޮޅު އެރުވި ބޭފުޅުންނަކީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފެވެ.

މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ އިސް މަގާމުތަކަށްވެސް ވަނީ ބޭފުޅުން ޢައްޔަންކުރައްވާފައެވެ. އެގޮތުން އައްޔަންކުރެއްވި ބޭފުޅުންނަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް، މާފަންނު ލައިޓްކޯނަރ-4 ޑޮކްޓަރ މަޙްމޫދު ޝައުޤީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒު އާދަމް އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މާފަންނު ހިތިމާގެ ޑޮކްޓަރ ޢަލީ ޒާހިރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ