ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ފަޒުލް

ފަހުގެ ސިޔާސީ

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަންކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ތިންވަނަ ދައުރުގެ 25ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަކީ މަޖިލިހުގެ ގަވައިދުގެ 256ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފް އުމަރު ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް އައްޔަން ކުރެއްވުމުންނެވެ.

ޕީއެންސީގެ ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ޕާޓީގެ ޗެއާޕާސަންއަކީ އަބްދުއް ރަހީމް އަބްދުﷲއެވެ. މިހާރު ޕާޓީގެ ޕީޖީ ލީޑަރު ފަޒުލް މީގެކުރިން ހުންނެވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށެވެ. މީގެ ކުރިން ޕީޕީއެމް ސަރުކާރުގައި ފަޒުލްވަނީ ސަރުކާރުގެ ފެން ކުންފުނި (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އައު ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން އައްޔަން ކުރުމާއެކު މަޖިލީހުގައި އެ ދެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ވަނީ ފަހަކަށް ވެއްޓިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ