ޔާމީންގެ އައު ސިޔާސީ ޕާޓީ ރަޖިސްޓްރީކުރަން އާދިއްތަ ދުވަހު ހުށަހަޅަނީ

ފަހުގެ ސިޔާސީ

ޕީޕީއެމްއިން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި އައު ސިޔާސީ ޕާޓީ އުފެއްދުމުގެ އަމަލީ މަސައްކަތްތައް ފަށައި އާދިއްތަ ދުވަހު ޕާޓީ ރަޖިސްޓްރީކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި މަލީހު ކުރެއްވި ޕޯސްޓެއްގައިވަނީ ޕާޓީއަށް ކިޔާނެ ނަމާއި ލޯގޯ މިހާރު ފައިންލަކުރެވިފައިވާކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް މަލީހު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މަލީހު ވިދާޅުވީ ހުރިހާ ރައްޔިތުންވެސް އައު ޕާޓީއާ ގުޅުމަށް ތައްޔާރުވުމަށް ޔާމީން އެދިވަޑައިގަންނަވާކަމަށެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓާވައިފައި މިވަނީ ރައީސް ޔާމީން އެންޑޯޒްކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ރައީސް ޑރ. މުއިއްޒު ހުވާކުރެއްވިތާ ބަރާބަރު ހަފުތާއެއް ފަހުން ޕާޓީ އިން ވަކިވުމަށް ފަހުއެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީން ސީދާ ވަކި އެއްޗެއް ވިދާޅުވެފައިނުވާއިރު އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައިވަނީ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވީ ޕީޕީއެމްގެ ލީޑާޝިޕުން އެމަނިކުފާނާ ދުރަށްޖެހުމުން ކަމަށެވެ. އަދި އެ ނިންމެވުން ނިންމެވީ، އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެމަނިކުފާނަށް ފަސޭހަ ނިންމުމެއް ނޫންކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީގެ ކަންކަން ބެލެހެއްޓުމަށް 13 މެންބަރުންގެ ކޮމިޓީއެއް ވެސް ރައީސް ޔާމީން އުފައްދަވާފައިވެއެވެ. މި މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު އިތުރަށް މައްސަލަ ގޯސްވެ މި ބައްދަލުކުރެއްވުން ލީޑްކުރެއްވި މަލީހްވަނީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި ޕާޓީއިންވެސް ވަކިކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ