ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ނިންމާލައިފި

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށި ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 18، 2018 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ އެމަހުގެ 28 ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 137.6 މިލިއަން ރުފިޔާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްޓީސީސީން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މުދާ އުފުލުމަށް ދަތުރުވެރިންނަށް ހާއްސަ ބަނދަރަކާއި އާ ނެރަކާއި ކުދި އުޅަނދުތައް އެޅުމަށް ޖެޓީތަކެއް ވަނީ ހަދައިފަ އެވެ. އަދި މުދާ އުފުލާ ބޭލުމަށް ރޭމްޕަކާއި ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރު ކުޅުމަށް ވޯޓާ ފްރަންޓް ޒޯނެއް ހަދާފައިވެ އެވެ.

އޭގެ އިތުރުން ފެރީ ޓާމިނަލް އިމާރާތެއް ހަދައި، އެ އިމާރާތުގައި ފެރީތައް އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ވިއްކުމަށް ޓިކެޓް ކައުންޓަރުތަކާއި އޮފީހަކާއި ރީޓެއިލް ފިހާރައަކާއި ނަމާދު ކުރާތަނަކާއި ކޮންވީނިއަންސް ސްޓޯރާއި ކެފޭ އަދި މަދާސް ރޫމް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.

އަދި މަސް މާރުކޭޓެއް ހަދައި އެ އިމާރާތުގައި މަސްކެނޑުމަށާއި މަސްވެރިން ބޭނުންކުރުމަށް ފާހާނާ، ފެންވަރާތަން، ސްޓޯ އަދި ފައިސާ ކައުންޓަރުތައް ވަނީ ހަދައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ