އެންޓި ކޮރަޕްޝަން އެކަޑަމީ އިފްތިތާހުކޮށްފި

ޚަބަރު ފަހުގެ

އެންޓި ކޮރަޕްޝަން އެކަޑަމީއެއް އިފްތިތާހުކޮށްފިއެވެ.

ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، މި އެކަޑަމީ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އިޝްތިހާރު
އިޝްތިހާރު

އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދުމުގެ މަގުސަދަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މީހުން ބިނާކުރުމެވެ. މިއީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

އެކަށޭނަ ފަންނީ މުވައްޒަފުން ބިނާކުރުމަށް އުފެއްދި މި އެކަޑަމީއާއެކު، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް، ކަމުގެ ތަމްރީނު ލިބިފައިވާ ގާބިލު މުވައްޒަފުން ބިނާކުރެވޭނެ ކަމަށް އޭސީސީން ބުންޏެވެ.

މި ޖަލްސާގައި، ރާއްޖޭގައި ކޮރަޕްޝަނާމެދު އާންމުން ދެކޭ ގޮތް ވަޒަންކުރުމަށް ފުރަތަމަ ފަހަރަށް ކުރި ގައުމީ ފެންވަރުގެ ދިރާސާ އާންމުކޮށްފަވެއެވެ. މި ދިރާސާ އާންމުކޮށް ނެރެދެއްވީ ރައްޔިތުންގެ މަޖްލީހުގެ ރައީސް އޮނަރަބްލް މުހައްމަދު އަސްލަމެވެ.

މީގެ އިތުރުން، އިދާރާތަކުން އެ އިދާރާތަކުގައި ކޮރަޕްޝަނުގެ ހިރާސް އޮތް މިންވަރު ވަޒަންކުރުމަށް އެހީވެދިނުމަށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޓޫލްކިޓް، މި ޖަލްސާގައި ނެރެދެއްވީ އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއެވެ.

ކޮރަޕްޝަން ނައްތައިލުމަށް ކުރާ މަސައްކަތުގައި ކޮމިޝަނަށް ދިމާވާ، މާލީ މިނިވަންކަމާއި ތަނަވަސްކަން ނެތުމުގެ ގޮންޖެހުން ހައްލުކުރުމުގެ މަގުސަދުގައި ކޮމިޝަނުން ގާއިމްކުރި “ޓްރަސްޓް ފަންޑް”ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ