ޕީއެންސީގެ ޕްރައިމަރީގައި އެމްއެންޕީއާއި އެމްޑީއޭއަށް ވާދަކުރެވޭގޮތް ހަދައިފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައިވާ ބާއްވާ ޕްރައިމަރީގައި، މި ސަރުކާރު ގެނައުމަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެހީތެރިވި އެމްއެންޕީ އާއި އެމްޑީއޭއަށް ވެސް ވާދަކުރުމުގެ ފުރުސަތު ފަހިވާ ގޮތަށް އެ ކޯލިޝަންގެ އުސޫލު ހަދައި މިއަދު އާންމުކޮށްފި އެވެ.

މިއަދު ޕީޕީއެމް/ޕީއެންސީން އާންމުކުރި އުސޫލުގައި ބުނެފައިވަނީ އަންނަ އަހަރު ކުރީކޮޅު އޮންނަ މަޖިލީސް އިންތިޚާބަށް ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ އިންތިޒާމުތައް ހަމަޖައްސާނެ އެންމެ މަތީ ކޮމިޓީއަކީ ދެ ޕާޓީގެ ލީޑާޝިޕް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އުސޫލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އެހެންކަމުން، އެމްއެންޕީ އާއި އެމްޑީއޭއަށް މި ޕްރައިމަރީގައި ވާދަކުރުމަށް ފުރުސަތު ދޭނީ ކިހާ މިންވަރަކަށް ކަމެއް ނުވަތަ ކިތައް ދާއިރާއަކަށް ކަމެއް އަދި އެ ހާލަތުގައި އެ ދެ ޕާޓީގެ މެންބަރުންނަށް ޕްރައިމަރީގައި ވޯޓު ލެވޭނެ ކަމެއް އަދި ސާފެއް ނޫނެވެ.

އުސޫޫލުގައި ބުނެފައިވާގޮތުން އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ އެމްއެންޕީ އަދި އެމްޑީއޭގެ މެމްބަރުން މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަޔަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައި ވެއެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ޕްރައިމަރީއަށް ކުރިމަތިލުމަށް ކުރިން ހުޅުވާލީ މިމަހުގެ 20 އިން 31 އަށެވެ. ޕްރައިމަރީ ބާއްވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހެވެ.

ޕީޕީއެމް ޕީއެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޕްރައިމަރީގެ ތާރީހާއި ޕްރައިމަރީއަށް ކުރިމަތިލުމަށް ކުރިން އޮތް ތާރީހް އަވަސްކޮށްފައިވާ ކަމަށް ހާމަކޮށްފަ އެވެ.

މިހާރު އޮތް ގޮތުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ