މޫސުން ގޯސްވެ، މަންޓާ އެއާގެ ބޯޓަކަށް ބޮޑު ގެއްލުންތަކެއް ވެއްޖެ

ޚަބަރު ފަހުގެ

މޫސުން ގޯސްވެ، މަންޓާ އެއާގެ ބޯޓަކަށް ބޮޑު ގެއްލުންތަކެއް ވެއްޖެއެވެ.

މަންޓާ އެއާއިން ބުނީ ގެއްލުން ލިބުނު ބޯޓު އަޅާފައި އޮތީ މާލެ އަތޮޅުގެ ޕްލެޓްފޯމެއްގައި ކަމަށާއި، މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް އިން ބޯޓު ކަނޑައިގެން ދިޔައީ ކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގައި ރަށެއްގެ ގޮނޑުދަށަށް ބޯޓު ބީހިފައިވާކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ބޯޓުގެ ކުރީކޮޅު ވަނީ ފަޅައިގެން ގޮސްފައެވެ.

މަންޓާއިން ބުނީ ވިއްސާރަ އާއި ގަދަ ވައިގައި ހަލާކުވި ބޯޓު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މަންޓާ އިން ސީޕްލޭން ދަތުރުތައް ފެށީ 2019 ވަނަ އަހަރު އެވެ. އެ އެއާލައިނުގެ ސީޕްލޭން ފްލީޓުގައި 16 ބޯޓު މިހާރު އޮންނައިރު، 30 ރިސޯޓަކަށް ފަތުރުވެރިން އުފުލަ އެވެ.

މަންޓާ އެއާއިން އަންނަނީ ސީޕްލޭންގެ ހިދުމަތުގެ އިތުރުން ރާއްޖޭގެ ތިން އެއާޕޯޓަކަށް ދަތުރު ވެސް ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ