އިންޑިއާގެ އުޅަނދުގައި ބަލިމީހުން އުފުލުން ހުއްޓާލަނީ

ޚަބަރު ފަހުގެ

ކުރިއަށް އޮތް މާޗު މަހުން ފެށިގެން ރާއްޖޭގައި ބަލި މީހުން އުފުލާނީ އިންޑިއާގެ އުޅަނދުތަކުގައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެއާ އެމްބިއުލާންސް މާޗު މަހުގެ އެއްވަނަ ދުވަހު އުދުހެން ފަށާނެ ކަމަށާއި އެއާއެކު ބަލި މީހުން އުފުލުގެ ކަންކަން ކުރާނީ އިންޑިއާގެ ހެލިކަޕްޓަރާއި ޑޯނިއާ ބޭނުންކޮށްގެން ނޫން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލު ކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި ބަލި މީހުން އުފުލުމުގެ ކަންކަން ކުރުމުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެންމެ އުތުރާއި ދެކުނުން ކުޑައިރުކޮޅެއްގެ ތެރޭގައި މާލެ އަށް އާދެވުމުގެ އިތުރުން ކުއްލިއަކަށް ތައިލޭންޑާއި ހަމައަށް ބަލި މީހަކު ގެންދަން ޖެހުނަސް އެ މަތިންދާބޯޓުގައި ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ