މަޖިލިސް އިންތިހާބުގެ ވޯޓްލުން 8:00 އިން 5:00 އަށް

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓްލުން ކުރިއަށް ގެންދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އާ ހަމައަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިހާރު ކުރިއަށްދާ އިންތިހާބަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓްލާ މީހުންނަށް ވެސް ވީހާ ވެސް ބޮޑަށް ފަސޭހަކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ވޯޓްލާ ގަޑިއަކަށް ކަނޑައަޅާފައި ވަނީ ހެނދުނު 8:00 އިން ހަވީރު 5:00 އާ ކަމަށް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނަ ވިދާޅުވީ ކުރީގެ އިންތިހާބުތަކާ ހިލާފަށް މަޖިލިސް އިންތިހާބުގައި ވޯޓް ގުނަން ފަށާނީ ވޯޓްފޮށިތައް ބަންދުކުރާތާ ބައި ގަޑިއިރި ފަހުން ކަމަށެވެ. ކުރިން ވޯޓް ގުނަން ފަށަނީ ވޯޓްލައި ނިމޭތާ ގަޑިއެއް އިރު ފަހުންނެވެ.

ހަބީބު ވިދާޅުވީ ބައިގަޑި އިރު ފަހުން ވޯޓްފޮށިތައް ގުނަން ނިންމީ އޮފިޝަލުންނަށް ވެސް ރޯދަ ވީއްލުމުގެ ކަންކަން ފަސޭހަ ކުރަން ކަމަށެވެ. އެގޮތުން ފޮށިތައް ގުނަން ފަށާނީ 6:45 ގައި ކަމަށް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗް 17 ގަ އެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާތެރެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ