އެއްވެސް ދަތިކަމެއް ނެތި، ތަރައްގީ ގެނެވޭނީ މަޖިލިސް ސަރުކާރަށް ލިބިގެން: އަބްދުއްރަހީމް

ފަހުގެ ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ އާއި، ބަދަލު އެއްވެސް ދަތިކަމެއް ނެތި ގެނެސްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރަށުގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ ވޯޓު ޑރ. މުއިއްޒަށް ލިބިވަޑައިގަތް، ތ. ގުރައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައްޔިތުން އިސްކަން ދޭންވީ، ތަރައްގީއާއި މެދުކަމަށާއި، އެ ރައްޔިތުންނަށް ހިތްހަމަޖެހޭ ފަސޭހަ ދިރިއުޅުމެއް މި ސަރުކާރުން ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ރައްޔިތަކު ރަށުގެ ކުރިއެރުމަށް ވުރެ ބޮޑަށް އެހެންކަމަކަށް އިސްކަން ދޭން ބޭނުން ނުވާނެކަމަށާއި ތަރައްގީއަށް ހުރަސްއަޅައި އެކަމުގެ ދެމެދަށް ވަނަ ބަޔު ހުރަސް އެ އަޅަނީ ދަރީންގެ މުސްތަގުބަލަށް ކަމަށެވެ. ސަރުކާރުގެ ފުދުންތެރިކަން ހުރި ނިސްބަތަކުން، ރައްޔިތުންނަށް ހިދުމަތް ދެމުން ގެންދާނެކަމަށް ތަކުރާރު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ހަވާލު ކުރެއްވީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެ މަސްއޫލިއްޔަތު އަދާކޮށް، ކާމިޔާބީ ހޯދުމުގައި އެހީތެރިވެދޭން ތިބި ބަޔަކީ ރައްޔިތުންކަމާއި އެންމެ ފުރަތަމަ ފިޔަވަޅަކަށް ވާނީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށްދިނުންކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިންގެރާއްޖެ ދިވެހިންނަށް ގެނެސްދިނުމަށް ކުރާ މަސައްކަތް އަދިވެސް ފުރިހަމަ ނުވާކަމަށާއި، އެހެންކަމުން ބޭނުންވަނީ މަޖިލީހުގެ ތެރެއިން މަސައްކަތްތައް ފަށައި ސިޔާސަތުތައް ތަންފީޒު ކުރުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މަޖިލިސް މުހިންމުވަނީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގާނޫނުތައް ގެނައުމާއި ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމުގެ އިތުރުން މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭ ނިންމުންތަކެވެ. އެހެން ނަމަވެސް ސަރުކާރާއި އިދިކޮޅު ވިސްނުން ހުރި ބަޔަކު މަޖިލީހަށް ދާ ހިސާބަކީ ޖެއްސުންކުރުމާއި އުނދަގޫ ކުރުން ބޮޑުވެގެން ދާނެކަމެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ވާން ޖެހެނީ އިހުތިރާމް ކުރާ، އިހުތިރާމް ލިބިގަންނަ ބަޔަކަށްކަމަށާއި ނަޒާހަތްތެރި މަޖިލީހެއް ބޭނުންވާ ސަބަބަކީ އެއީކަމަށް އަަބްދުއްރަހީމް ވިދާޅުވި އެވެ،

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ