ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހަނިމާދޫ ޚަބަރު

ހަނިމާދޫގެ ބަނދަރު އަޕްގްރޭޑު ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.

ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 24 ސެޕްޓެމްބަރ 2019 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިމަޝްރޫއުގެ ދަށުން ހަނިމާދޫގައި 355 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓަކާއި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 2583 ސްކޮޔަރ މީޓަރުގެ ޕޭވްމަންޓެއް ތަރައްގީ ކުރާނެއެވެ. އަދި 2 ނެރު ބައްތި އާއި 20 ބަނދަރު ބައްތީގެ އިތުރުން 10 މޫރިން ބްލޮކްސް އާއި 90 މީޓަރު ގްރޯއިން، އަދި އެއް ރޭމްޕް ގާއިމުކުރާނެއެވެ. މީގެ އިތުރުން ހަނިމާދޫގެ ބަނދަރު ސަރަހައްދު 53522 ކިއުބިކް މީޓަރަށް ފުންކޮށް، ނެރު، 31575 ކިއުބިކް މީޓަރަށް ފުން ކުރާނެއެވެ. އަދި 50 މީޓަރު ރިވެޓްމެންޓް ވެސް ޖަހާނެއެވެ.

މުޅިއެކު، 57 މިލިއަން ރުފިޔާ ޚަރަދުކުރާ މި މަޝްރޫއު ނިންމަން އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެއް ޕްލޭނިިން މިނިސްޓްރީންވަނީ އެމްޓީސީސީ އަށް ދީފައެވެ.

ހަނިމާދޫ މަގު ހެދުމުގެ މަސްރޫއުވެސް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް މިއަހަރުގެ މާޗް މަހުގައި ހއ އަދި ހދ އަށް ކުރެއްވި ދަތުރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މަގު ހެނދުމުގެ މަސްރޫއު ނިންމައިލެވޭނެ ކަމަށެވެ.

✍️ طلحة موسى

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ